ޕެޓިޝަން ކޮމިޓީ

2022 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 15 ވަނަ ބައްދަލުވުން.

14 ނޮވެމްބަރު 2022 10:09 ނަންބަރު 15

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އަދި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުޅައަޅާ ޕެޓިޝަން ކޮމިޓީން ދިރާސާކުރައްވާފައިވެއެވެ. އެގޮތުން، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ބެއްލެވުމަށް މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭފުޅުންނާއި ބައްދަލުކުރެވުނެވެ. މި ބައްދަލުވުމުގައި ޕެޓިޝަނުގައި ފާހަގަ ކުރައްވާފައިވާ މައްސަލަތަކާއި ނުކުތާތަކާއި ބެހޭގޮތުން ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވިއެވެ. އޭގެ ތެރޭގައި، ފްލެޓްތަކުގައި ބޭނުންކުރުމަށް (ހުރިހާ ބޭނުމަކަށް) ހަމައެކަނި ބިމުން ނަގާ ފެނުގެ އެއް ފެންލައިން އެޅިފައިވާ ސަބަބާއި، ވިއްސާރަވެއްޖެނަމަ ކޮޓަރިތަކުގެ ބޭރަށްހުންނަ އެލްމެނިއަމް ދޮރުތަކުންނާއި، ކަރަންޓު ސޮކެޓްތަކުންނާއި ސީލިންގްތަކުން ފެންވަންނަން ދިމާވާ ސަބަބަކީ ކޮބައިކަމާއި، މިކަން ޙައްލުކުރެއްވުމަށް މިނިސްޓްރީން ފިޔަވަޅެއް އަޅުއްވާފައިވާނަމަ އެފިޔަވަޅަކީ ކޮބައިކަމާއި، ތަނުގެ ވަށާފާރު ރޭނިގެން ދާނީ ކޮންއިރަކުންކަމާމެދު ސުވާލުކުރެއްވިއެވެ. އެގޮތުން ޖަވާބެއްގެ ގޮތުން މިނިސްޓްރީން ވިދާޅުވެފައިވަނީ، ވަޅުފެން ގުޅާފައިވަނީ ވަގުތީގޮތުން ކަމަށާއި ޑިސެންބަރު މަހުގެ ނިޔަލަށް ސަޕްލައިފެން ލިބިގެންދާނެ ކަމަށާއި، އެއް ޕައިޕްލައިން އެޅިގެންދިއުމަކީ މިހާރު އެބޭފުޅުންގެ ހުރިހާ ޑިޒައިންތަކެއްގައިވެސް މެއިންޓަނެންސްގެ ފަސޭހައަކަށް ފަރުމާކުރައްވަމުން އަންނަ ގޮތްކަމަށާއި، ކުޑަދޮރުތަކުން ފެންވަނުމުގެ މައްސަލަ ޙައްލުކުރެވިފައިވާކަމަށާއި، އަދި ފްލެޓްތަކުގެ ވަށާފާރު ރޭނުމަށްޓަކައި ރަށުކައުންސިލަށް އޭގެ ޑިސައިން ފޮނުވުމަށް އެދިފައިވާނެކަމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 އޮކްޓޯބަރު 2022

ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އަދި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުޅައަޅާ ޕެޓިޝަން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA