ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

16 ނޮވެމްބަރު 2022 12:50

ނަންބަރު

62

ޖުޑީޝިއަރީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 62 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރައްވައި ބިލުގެ މަސައްކަތް ނިންމެވިއެވެ. މި ބިލު ދިރާސާކޮށް ނިންމެވިގޮތަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެ ބިލު ނިންމެވިއެވެ. (ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ؛ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA