ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

10 އޮކްޓޯބަރު 2022 11:00

ނަންބަރު

28

2022 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން (ސިއްރު)

ޚުލާސާ

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ދިރާސާކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވިއެވެ. އިނގިރޭސިވިލާތުގެ ޕަރމަނަންޓް ރެސިޑެންޓަކާއި ސްރީލަންކާގެ މީޑިއާ އޮފިޝަލްއެއް ދިވެހިރާއްޖެއަށް އައުމުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއްގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެ، ދިވެހިރާއްޖެއިން އެފަރާތްތައް އަނބުރާ ފޮނުވާލެވިފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލައާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ކޮމިޓީން ނިންމެވިއެވެ. 21 ޖޫން 2022 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުނު ޔޯގާ ހަރަކާތް ކުރިއަށް ދިޔަ ވަގުތުގައި، އެތަނުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހުށަހަޅުއްވާފައިވާފައިވާ މައްސަލައާގުޅޭ ގޮތުން ލިބިފައިވާ މަޢުލޫމާތުތައް ދިރާސާކުރެއްވިއެވެ. އެއަށްފަހު ބައްދަލުވުން ކުރިއަށް ގެންދެވުނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA