ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

14 ނޮވެމްބަރު 2022 11:08

ނަންބަރު

1

2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް، ލީގަލް އެފެއަރޒް އަލްއުސްތާޛް ޙުސައިން ވަޙީދު އެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ފުރަތަމަ ހުށަހެޅުމެއްގެ ގޮތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުގެ ނަންފުޅު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވިއެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި، ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަންފުޅު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހެޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އަދި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާޢީދުކުރެއްވިއެވެ. ނަމަވެސް އެއަށްފަހު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހެޅުއްވި ހުށަހެޅުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ތާޢީދުކުރައްވާފައިއެވެ. އެގޮތުން، ފުރަތަމަ ތާޢީދު ލިބިފައިވާ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން (12 މެންބަރުންގެ ވޯޓުން) އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA