ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

22 ނޮވެމްބަރު 2022 11:45

ނަންބަރު

24

2022 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު ފާސްކުރުމާއި ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާ އަދި 10 ވަނަ މާއްދާ އުނިކޮށް އެ ޤާނޫނުގެ "އާންމު ބައި" ބާބަށް އެ މާއްދާތައް އިޞްލާޙުކޮށް، އިތުރުކުރުމަށް ކޮމިޓީން ނިންމެވިއެވެ. ހަމައެއާއެކު، އެ ޤާނޫނުގެ 9 ވަނަ މާއްދާގައި ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ވަކިކުރެވޭނެ ޙާލަތްތަކާއި އުސޫލުތައް ތަފްޞީލުކޮށް ބަޔާންކުރުމަށާއި ރަށް ވަކިކުރުމުގައި ބަދަލު ދިނުން އޮންނައޮތުން އުނިކުރުމުގެގޮތުން އެ މާއްދާ އިޞްލާޙުކުރުމަށް ކޮމިޓީން ނިންމެވިއެވެ. އިސްވެދެންނެވުނު ބަދަލުތަކާއެކު، ބިލު ފާސްކުރައްވައި ކޮމިޓީގައި އެވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA