ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

7 ނޮވެމްބަރު 2022 11:00 ނަންބަރު 37

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ބްލޫ ސްޓޯން ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް" އިން ރާއްޖޭގައި އިންވެސްޓުކުރުމަށް އެއްވެސް ފައިސާއެއް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެނެސްފައިވޭތޯ ބެލުމަށާއި އަދި ގެނެސްފައިވާނަމަ މި ފައިސާ އިންވެސްޓްކުރުމަށް ގެނައި ކުންފުނީގެ އެކައުންޓަށް ބޭންކް އޮފް މޯލްޑިވްސްއިން ޖަމާނުކޮށް ލަސްވާ ސަބަބު ބަލައިދިނުމަށް އެދި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ މައްސަލައާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފާސްވިއެވެ. އެއަށްފަހު، ފުވައްމުލަކަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އެ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގޮންޖެހުންތަކެއް ދިމާވަމުންދާކަމަށް ބަޔާންކޮށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މިގޮތުން މި މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ރީޖަނަލް އެއަރޕޯޓްސްގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޮކްޓޯބަރު 2022

ފުވައްމުލަކަށް ދަތުރުކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA