މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

22 ނޮވެމްބަރު 2022 12:30 ނަންބަރު 22

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ސަބް-ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އަޢުލަބިއްޔަތުން ފާސްވިއެވެ. އެއަށްފަހު، ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސް ޕްރޮޕަޓީސްތަކާގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތަށް ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީއަށެވެ. މި މައްސަލައާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ކަމާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މަޢުލޫމާތު ސާފުކުރެވިފައިވެއެވެ. އަދި، ސްޓޭޓް އޯންޑް ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ރިޕޯޓަށް ހިޔާލުހޯދުމަށް މާލިއްޔަތު ކޮމިޓީން ފޮނުވާފައިވުމުން، މާލިއްޔަތު ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓުގެ 6.4 ވަނަ މާއްދާ އިޞްލާޙުކުރެއްވުމަށް ފަހު އެ ރިޕޯޓް ފާސްކުރެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްކުރެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 ޖޫން 2022

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

8 ފެބްރުއަރީ 2021

ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސް ޕްރޮޕަޓީސްތަކާގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތަށް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA