ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

22 ނޮވެމްބަރު 2022 09:45

ނަންބަރު

39

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ޤަރާރުގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮމިޓީން ކުރިން ފާސްކުރައްވާފައިވާ ހުށަހެޅުންތަކާއެކު ރިޕޯޓް ފާސްކުރެއްވިއެވެ. އެއަށްފަހު، ފުވައްމުލަކަށް ދަތުރުކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA