ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

28 ނޮވެމްބަރު 2022 12:30

ނަންބަރު

23

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ ތިރީގައިވާ ލޯނު އަދި ގެރެންޓީއާގުޅޭ މަޢުލޫމާތުތައް މެންބަރުންނާ ޙިއްޞާކުރެއްވިއެވެ.  އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް އިންޑިއާ)ގެ ލޯން އެހީގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ "ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފް ޕޮލިސް ސްޓޭޝަންސް، އެކޮމޮޑޭޝަން އެންޑް ކަސްޓަޑީ ފެސިލިޓީ" މަޝްރޫޢަށް ބޭނުންވާ ފައިނޭންސިން ހަމަޖެއްސުމަށްޓަކައި 02 އޮގަސްޓް 2022 ގައި ދިވެހި ސަރުކާރާއި އެގްޒިމް އިންޑިއާ އާއި ދެމެދު 40،950،000 (ސާޅީސް މިލިއަން ނުވަ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމުގެ މަޢުލޫމާތު.  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއި ދެމެދު ހެދިފައިވާ ސިންޑިކޭޓަޑް މުރާބަހާ 150,000،000 (ސަތޭކަ ފަންސާސް މިލިއަން) އެމެރިކާ ޑޮލަރުން 189,000،000 (ސަތޭކަ އަށްޑިހަ ނުވަ މިލިއަން) އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް 22 ސެޕްޓެންބަރު 2022 ގައި ސޮއިކުރެވި، 11 އޮކްޓޫބަރު 2022 ގައި ސޮވްރިންގ ގެރެންޓީ ދޫކުރެވިފައިވާ މަޢުލޫމާތު.  ސަރުކާރުން ހިންގާ އިމްޕޯޓް ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުގެ އެކްސްޕޯޓް- އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) މެދުވެރިކޮށް 18 މާރިޗު 2019 ގައި ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢުތަކަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި އިތުރު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް 02 އޮކްޓޫބަރު 2022 ގައި، 100 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގައި ސޮއިކުރެވިފައިވާ ލޯންގެ މަޢުލޫމާތު. އަދި، ކޮމިޓީއަށް ލިބިފައިވާ ތިރީގައިވާ ރިޕޯޓްތައް މެންބަރުންނާ ޙިއްޞާކުރެވުނެވެ. 1. އޮޑިޓަރ ޖެނެރަލް، ހުސައިން ނިޔާޒީގެ މުދަލާއި ފައިސާގެ ބަޔާން. 2. އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާ ރިޕޯޓް. 3. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް. 4. ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ބަޖެޓް ޕޮޒިޝަން ރިޕޯޓް.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 ނޮވެމްބަރު 2022

ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު)ގެ 14 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ "ބަޖެޓް ޕޮޒިޝަން ރިޕޯޓް"

ކޮމެޓީ މަސައްކަތް ނިމިފައި

2 ނޮވެމްބަރު 2022

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއަށް ދޫކުރެވިފައިވާ ގެރެންޓީ

ކޮމެޓީ މަސައްކަތް ނިމިފައި

2 ނޮވެމްބަރު 2022

ސަރުކާރުން ހިންގާ އިމްޕޯޓް ތަރައްޤީގެ މަޝްރޫޢުތަކަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އިންޑިއާ ސަރުކާރުގެ އެކްސްޕޯޓް- އިމްޕޯޓް ބޭންކް އޮފް އިންޑިއާއެކު ވެފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

16 އޮކްޓޯބަރު 2022

އޮޑިޓަރ ޖެނެރަލް، ހުސައިން ނިޔާޒީގެ މުދަލާއި ފައިސާގެ ބަޔާން

ކޮމެޓީ މަސައްކަތް ނިމިފައި

4 އޮކްޓޯބަރު 2022

އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާ ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

18 އޯގަސްޓު 2022

ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންސް، އެކޮމޮޑޭޝަން އެންޑް ކަސްޓަޑީ ފެސިލިޓީގެ މަޝްރޫޢަށް އެގްޒިމް ބޭންކްއިން ދޫކޮށްފައިވާ ލޯންގެ މަޢުލޫމާތު.

ކޮމެޓީ މަސައްކަތް ނިމިފައި

19 ޖޫން 2022

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA