ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

28 ނޮވެމްބަރު 2022 11:35

ނަންބަރު

16

2022 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 16 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އަދި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުޅައަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރައްވާ، މި މައްސަލާގައި ކޮމިޓީން ދިރާސާކުރައްވާ، ލިބިފައިވާ މަޢުލޫމާތުތަކަށް ބިނާކުރައްވާ ޅ.ނައިފަރަށް ދިއުމަށް ކޮމިޓީން ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާ ކުރައްވާ، މިދަތުރު ނުދިއުމަށް ނިންމެވިއެވެ. އޭގެ ބަދަލުގައި ދެން އެންމެ އަވަހަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގައި މި ޕެޓިޝަނާއި ގުޅިގެން ކޮމިޓީއާއި ޅ.ނައިފަރު ރަށު ކައުންސިލާއި އޮންލައިން ބައްދަލުވުމެއް ބޭއްވެވުމަށް އެއްވެސް މެންބަރެއް އިޢުތިރާޟު ކުރައްވާފައިނުވުމުން އެގޮތަށް ނިންމެވިއެވެ. މީގެ އިތުރުން، ޕެޓިޝަނުގައި ފާހަގަކުރައްވާފައިވާ މައްސަލަތައް ޙައްލުކުރެވިގެންދާނެ ގޮތުގެ ޠާވަލެއް ކޮމިޓީއާއި ޙިއްސާކުރެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި އެދިލެއްވުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅުއްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާޢީދުކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިޢުތިރާޟު ނުކުރެއްވުމުން އެގޮތަށް ނިމިގެންދިޔައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA