ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

21 ނޮވެމްބަރު 2022 10:00

ނަންބަރު

21

2022 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގުޅޭގޮތުން ކޮންމެ 3 މަހުން ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުއްވާފައިވާ ރިޕޯޓުތައް ދިރާސާކުރެއްވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންއެ ފަރާތުގެ މަޤާމުގެ ޝަރުތު ހަމަވޭތޯ ބެއްލެވުމަށް ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އަދި 22 ނޮވެންބަރު 2022 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި އެފަރާތާ އިންޓަރވިއު ކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތެއްގެ ޕާސްޕޯޓުގައި އެންމެ ނަމެއް އިނުމުގެ ސަބަބުން ޑުބާއީ އެއަރޕޯޓުގައި އޭނާ ހިފަހައްޓާފައި ބެހެއްޓުމުން އެންބަސީގެ އެހީތެރިކަމަށް އެފަރާތުން އެދުމުން އެކަމަށް އެންބަސީއިން އެޓެންޑްވެފައި ނުވާކަމަށް ބަޔާންކުރައްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޙައިތަމް ކޮމިޓީއަށް މައްސަލައެއް ހުށަހެޅުއްވިއެވެ. މި މައްސަލައާމެދު ކޮމިޓީން ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށް ވޯޓު ނެގިފައިނުވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA