ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

22 ނޮވެމްބަރު 2022 10:00

ނަންބަރު

22

2022 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ިރާސާކުރެއްވިއެވެ. އެގޮތުން ސަފީރުކަމަށް އައްޔަނުކުރުމަށް ނަންފޮނުއްވާފައިވާ ފަރާތާ އިންޓަރވިއު ކުރެއްވިއެވެ. އެއަށްފަހު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހުށަހެޅުއްވީ އެފަރާތައް ރުހުން ދިނުމަށް ފެންނަކަމަށާއި، ކުށުގެ ރިކޯޑު ސާފުކުރުމަށް ފޮނުއްވާފައިވާ އިދާރާތަކުން އެކަން ސާފުކުރެއްވުމަށްފަހު އެފަރާތުގެ މައްސަލައެއް ނެތްނަމަ އެފަރާތައް ރުހުން ދިނުމަށެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޟް ނުކުރާތީ ވޯޓައް އެއްސެވުމުން، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ރުހުން ދިނުމަށްވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA