ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

2 ނޮވެމްބަރު 2022 11:00

ނަންބަރު

30

2022 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން (ސިއްރު)

ޚުލާސާ

24 އޮކްޓޫބަރު 2022 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގދ. ހޯޑެއްދޫ، ޢަބްދުﷲ ރަޝީދު ނިޔާވެފައިވާ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ބަޔާންކުރައްވައި އެކަން ބައްލަވައިދެއްވުމަށް އެދިވަޑައިގެން މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދާއި ފުށުއެރުންތަކެއް ހުރިކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖެއިން ޤަބޫލުކޮށް، 22 އޯގަސްޓް 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުއްވާފައިވާކަމަށް، ދިވެހިރާއްޖޭގެ ބަންޑާރަނައިބު 20 އޮކްޓޫބަރު 2022 ގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލްގައި ވިދާޅުވެފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށްއެދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފޮނުއްވާފައިވާ ދެ ރިޕޯޓު ކަމަށްވާ، ދ. ކުޑަހުވަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރެއްވި މޮނިޓަރިން ޒިޔާރާތުގެ ރިޕޯޓާއި މާލެ ކަސްޓޯޑިއަލްއަށް ކުރެއްވި މޮނިޓަރިންގް ދަތުރާ ގުޅޭ ރިޕޯޓަކީ، ކޮމިޓީން މިހާރު ދިރާސާކުރަމުން ގެންދާ ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ކުރަމުންގެންދާ ދިރާސާއާގުޅޭ ރިޕޯޓުގައި އެ ދެ ރިޕޯޓައް ރިޔާއަތްކުރަން ފެންނަކަމަށް ނިންމެވިއެވެ. އެއަށްފަހު، ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA