ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

23 ނޮވެމްބަރު 2022 11:00

ނަންބަރު

33

2022 ވަނަ އަހަރުގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ޢަދަދައް ގެނެވެނު ބަދަލައެކު ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަދަދު 17 އަށް ބަދަލުވެފައިވާތީ، ކޮމިޓީގެ ހިންގާ ގަވާއިދުގައިވާ ވޯޓިންގް ކޯރަމް އަދި ވޯކިންގް ކޯރަމް ކަނޑައެޅުމާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ތާއީދު ކުރެއްވީ ކޮމިޓީގެ މަސައްކަތު ކޯރަމް އަކީ 6 މެންބަރުންކަމަށާއި، ވޯޓިންގް ކޯރަމް އަކީ 9 މެންބަރުން ކަމުގައެވެ. މި ހުށަހެޅުމަށް ވޯޓައް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގައި މަޝްވަރާކުރެއްވީ، މަޖިލީހުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން، ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގެ ތެރޭގައި ހިމެނޭ އިދާރާތަކާ ގުޅޭގޮތުން އެ އިދާރާތަކުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، މަޖިލީހުގެ މެންބަރުންނާއި، ޢާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމަކީ ކޮމިޓީން ކުރަންޖޭނެކަމެއް ކަމަށް އޮތުމުން ކޮމިޓީއަށް ފޮނުވާ ބައެއް މައްސަލަތަކުގެ ބާވަތުން، އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ހުށަހަނާޅައި އެ މައްސަލަތަކުގައި ކަމާގުޅޭ މުއައްސަސާތަކުން ޢަމަލުކުރެވިދާނެ ގޮތުގެ ލަފަޔާއި މަޝްވަރާ ދެވިދާނެ ގޮތަކަށް ގަވާއިދައް އިޞްލާޙެއް ގެނައުމާމެދުއެވެ. މި މައްސަލަ މަޖިލީހުގެ ޢަންމު ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA