ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

23 ނޮވެމްބަރު 2022 11:09

ނަންބަރު

2

2022 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ މަސައްކަތެއްގެ ގޮތުން، ކޮމިޓީގެ ކޯރަމްއާއި ވޯޓިން ކޯރަމް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، ކޮމިޓީގެ ކޯރަމްގޮތުގައި ކަނޑއެޅުއްވުމަށް ފެނިވަޑައިގަންނަވާ އަދަދެއް ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ކޮމިޓީގެ މަސައްކަތު ކޯރަމެއްގެ ގޮތުގައި 6 (ހައެއް) މެންބަރުން އަދި ވޯޓިންގް ކޯރަމްގެ ގޮތުގައި ކޮމިޓީގެ މެންބަރުންގެ ޖުމްލަ އަދަދުގެ 3/1 (ތިންބައިކުޅަ އެއްބައި) ކަނޑައެޅުއްވުމަށް ހުށަހެޅުއްވުމުން ކޮމިޓީގައި ޙާޟިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުށައެޅުން ފާސްވިއެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދެއް ފާސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ކޮމިޓީގެ ވަކި ގަވާއިދެއް އެކުލަވާލުމުގެ ބަދަލުގައި، މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ކޮމިޓީގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ހުށަހެޅުއްވި ހުށަހެޅުންވަނީ ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިއެވެ. އެންމެފަހު މަސައްކަތެއްގެ ގޮތުން، ކޮމިޓީންވަނީ މައްސަލައިގެ ސުންގަނޑި ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިއެވެ. އެގޮތުން ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ދުވަހަކާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ދުވަހެއް/ މުއްދަތެއް ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، މިމައްސަލައިގެ ސުންގަޑިއެއްގެ ގޮތުގައި 28 ފެބްރުއަރީ 2023 ހަމަޖެއްސެވުމަށް ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA