ލާމަރުކަޒީ ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ

1 ވަނަ ބައްދަލުވުން

26 ސެޕްޓެމްބަރު 2022 11:05 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދުގެ ނަންފުޅު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ތާއީދުކުރެއްވިއެވެ. އަދި މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންގެ ނަންފުޅު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ތާއީދުކުރެއްވިއެވެ. އަދި މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ މަސައްކަތް ނިންމުމުގެ ސުންގަޑިއެއްގެ ގޮތުގައި 15 ނޮވެންބަރު 2022 ކަނޑައެޅުއްވުމަށް، ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، ބިލުގެ މަސައްކަތް 15 ނޮވެންބަރު 2022 ގެ ނިޔަލަށް ނިންމެވުމަށް ނިންމެވިއެވެ. އަދި ކައުންސިލްތަކުގެ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް ސާފުކުރެއްވުމަށް ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 އޭޕްރީލު 2022

އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA