ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2023 11:10

ނަންބަރު

1

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން ފުރަތަމަ ކަމަކަމަށް ކުރިއަށް ގެންދެވީ އޮންލައިންކޮށް ކޮމިޓީގެ މެންބަރުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޑްރާފްޓް އާ މެދު ގޮތެއް ނިންމެވުމެވެ. އެ ޑްރާފްޓް ކޮމިޓީއަށް ހުށަހެޅުމުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު އެ ޑްރާފްޓަށް ގެނެވުނު އިސްލާހުތަކާއެކު ކޮމިޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ފާސްކުރިއެވެ. ދެން ކުރިއަށް ގެންދެވުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯޑެއްދޫ، ސްވެން، ޢަބްދުﷲ ރަޝީދު 25 އޮކްޓޫބަރު 2022 ވަނަ ދުވަހު ނިޔާވި މައްސަލައިގައި ފުލުހުންގެ އެއްވެސް އިޙްމާލެއްވޭތޯ ބެއްލެވުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމަވާފައި ވާތީ އެކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ކޮންމެ 14 ދުވަހަކުން ކޮމިޓީއަށް ހިއްސާކުރަމުން ގެންދާ ތަޙްޤީޤު ކުރިއަށްދާ ގޮތުންގެ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިއީ ސިއްރު ސިޓީއެއް ކަމުން މި މައްސަލަ ކުރިއަށް ގެންދެވީ ސިއްރު ކޮމިޓީއެއްގެ ގޮތުގައެވެ. އެއަށް ފަހު، ރާއްޖެއަށް އެތެރެކުރާ ބޮޑެތި ބަރުދަނުގެ މަސްތުވާތަކެތި އަތުލައިގަންނަ ފަހުން، މަސްތުވާތަކެތި އެތެރެވިޔަ ނުދިނުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ހިޔާޒަތުގައި ވަނިކޮށް މަސްތުވާތަކެތި ގެއްލޭ މައްސަލަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ވަކިން ޚާއްޞަގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަންކަން ބެލުމުގެ އިޚްތިޞާސް އޮންނަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މި މައްސަލަ ބަލާކަން ނުވަތަ ނޫންކަން މިހާތަނަށް ހާމަކުރައްވާފައި ނުވާކަމަށް ބަޔާންކޮށް އެކަން ބައްލަވައި ދެއްވުން އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީއިން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށް މިކަމާ ގުޅުންހުރި އެއްވެސް މައްސަލައެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަޙްޤީޤުކުރައްވަމުން ގެންދަވާތޯ އާއި އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންދަވާ ގޮތުގެ މަޢުލޫމާތުތައް (ތަޙްޤީޤަށް ބުރޫނާރާ ގޮތުގެމަތިން) ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވުމަށް އެދި އެ ކޮމިޝަނަށް ސިޓީ އެއް ފޮނުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA