ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2023 11:10

ނަންބަރު

2

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ އެކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ނަން ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުމުން މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމެވެ. އެގޮތުން މި މައްސަލަ ދިރާސާ ކުރެއްވުމަށްޓަކައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން 3 މުވައްޒަފުންގެ ޕެނަލެއް އެކުލަވާލެވުނެވެ. އަދި އާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 13 ފެބުރުވަރީ 2023 އިން ފެށިގެން 19 ފެބުރުވަރީ 2023 ގެ 14:00 ގެ ނިޔަލަށް އިޢުލާން ކުރުމަށް ނިންމެވިއެވެ. އެ ފަރާތްތަކާ އިންޓަވިއުކުރާނެ ތާރީޚަކީ 20 ފެބުރުވަރީ 2023 ކަމުގައި ކޮމިޓީގެ އިއްތިފާގުން ނިންމިއެވެ. އަދި މި މައްސަލަ ނިންމާނެ ސުންގަޑިއަކީ 21 ފެބުރުވަރީ 2023 ކަމަށްވެސް ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ. އެއަށް ފަހު، ދެން އޮތީ ސިވިލް ސަރވިސް ކޮމިޝަން އަދި ނޭޝަނަލް ޕޭ ކޮމިޝަނާ ބައްދަލުކުރުމެވެ. މިގޮތުން މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔާތްތަކާއި، ވަކިން ޚާއްޞަ ގޮތެއްގައި ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA