ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

13 ފެބްރުއަރީ 2023 12:30 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅޭގޮތުން ކަނޑުވައި އެކްސްޕޯޓްސްއިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންސްތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންއަށް ތުހުމަހުކުރެވޭ މައްސަލަ ދިރާސާކުރެއްވުމަށް، މި ކޮމިޓީގެ އެދުމުގެ މަތިން އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ ރިޕޯޓް ނަންބަރު SPE-2022-01(D) (މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގު މުޢާމަލާތްތަކާގުޅޭ ޙާއްޞަ އޮޑިޓް ރިޕޯޓް)އާ ގުޅޭގޮތުން އެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އެ ރިޕޯޓާއި ގުޅޭގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޅުއްވަން ޤަޞްދުކުރައްވާ އިޞްލާޙީ ފިޔަވަޅުތަކާއި އެ ކަންތައްތައް ކުރިއަށް ގެންދަވަން ޤަޞްދުކުރައްވާ ގޮތުގެ ތާވަލެއް ފޮނުއްވައިދެއްވުމަށް އެ ކުންފުންޏަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 ފެބްރުއަރީ 2023

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންެއާ ގުޅޭގޮތުން ކަނޑުވައި އެކްސްޕޯޓްސްއިން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

30 ނޮވެމްބަރު 2020

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފިއުލްސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުން ހިންގި ތެލުގެ ކޮރަޕްޝަން މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA