ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

20 ފެބްރުއަރީ 2023 11:02

ނަންބަރު

2

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، "އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަން އެންޑް ލައިޓްހައުސް އޮތޯރިޓީ (އައި.އޭ.އެލް.އޭ)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް، އެ މުއާހަދާގައި ދިވެހިރާއްޖެ ބައިވެރިވުމަށް ފެންނަކަމަށް ކޮމިޓީއަށް ވަޑައިގެން ވޯޓުދެއްވި 6 މެންބަރުންގެ އަޣްލަބިއްޔަތުން ނިންމިއެވެ. ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވި މެންބަރުން: ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު އެވެ. އެއަށްފަހު، "އިންޓަރނޭޝަނަލް މޯބައިލް ސެޓެލައިޓް އޯގަނައިޒޭޝަން (އިމްސޯ)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް، އެ މުއާހަދާގައި ދިވެހިރާއްޖެ ބައިވެރިވުމަށް ފެންނަކަމަށް ކޮމިޓީއަށް ވަޑައިގެން ވޯޓުދެއްވި 7 މެންބަރުންގެ އަޣްލަބިއްޔަތުން ނިންމިއެވެ. ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވި މެންބަރުން: ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު އެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA