ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2023 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

22 ފެބްރުއަރީ 2023 11:00 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތައް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނައުމާއި ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެނައި ބަދަލު)، މަޖިލީހުން ފާސްކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އަޢްލަބިއްޔަތުން، އެ ހުށަހެޅުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 ފެބްރުއަރީ 2023

މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތަށް މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA