ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

22 ފެބްރުއަރީ 2023 12:30

ނަންބަރު

5

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ވެރިންގެ ތެރެއިން ބަޔަކު މަގާމާއި ބާރު ނާޖާއިޒްގޮތުގައި ބޭނުންކޮށްގެން ކަނޑުވައި އެކްސްޕޯޓްސްގެ މަސައްކަތަށް ހުރަސްއަޅައި، މަސައްކަތް ހުއްޓުވުމަށް ޢަމަލުކޮށްފައިވާތީ،އެފަރާތާމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދި ކަނޑުވައި އެކްސްޕޯޓްސްއިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފޮނުއްވާފައިވާ މަޢުލޫމާތު ދިރާސާކުރެއްވިއެވެ. ދެން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓް ރިޕޯޓްއާ ގުޅޭ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ކުންފުނީގެ އޮޑިޓް ކޮމިޓީން ނިންމާފައިވާ އިންޓަރނަލް އޮޑިޓް ރިޕޯޓްތަކާ ގުޅޭ ރިވިއު އޮޑިޓެއް ހައްދަވައިދެއްވުމަށް އެދި އޮޑިޓަރ ޖެނެރަލް އޮފީހުގައި އެދުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގައި ހާޒިރު ވަޑައިގެން ތިއްބެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްވެފައެވެ. އަދި އެ ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުން ނިންމަވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ގިނަ ރިޕޯޓުތައް ( 27 ރިޕޯޓުގެ ތެރެއިން 21 ރިޕޯޓު) އޮޑިޓް ކޮމިޓީއަށް ނުފޮނުވިފައިވާ ސަބަބާއި އޮޑިޓް ކޮމިޓީއަށް ފޮނުއްވުމަށް އޮތް ހުރަސްތައް ނުވަތަ ގޮންޖެހުންތައް ދެނެގަތުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާޢީދުކުރެއްވި ހުށަހެޅުންވަނީ ހާޒިރު ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. އެއަށްފަހު، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންއަށް ކުރިމަތިވާ މައްސަލަތަކާއި ގުޅޭގޮތުން އިޤްތިޞާދީ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އެ ކުންފުނީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން މަޢުލޫމާތު ސާފުކުރެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި ކެޔޮދޫ ދާއިރާގެ މެންބަރު ޙުސެއިން ޤާސިމް ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގައި ހާޒިރު ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA