ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

15 ފެބްރުއަރީ 2023 11:00

ނަންބަރު

1

2023 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

06 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެވުނު ހަމަލާއާ ގުޅިގެން، ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ފޮނުއްވާފައިވާ މެޑިކަލް ރިޕޯޓްއާމެދު މަޝްވަރާކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެއްވެސް މެންބަރެއް ވަކި ކަމެއް ފާހަގަ ކުރައްވާފައިނުވާތީ، އެ ސިޓީ ފައިލްކުރުމަށް ނިންމެވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކ.މާފުށި ޖަލަށް ކުރި ޒިޔާރާތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީން އިސްނަގައިގެން ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ކުރަމުންދާ ދިރާސާގެ މަސައްކަތުގެ ތެރޭގައި މި ރިޕޯޓު ދިރާސާކުރެއްވުމުގެ މަސައްކަތް ހިމެނުމަށް ނިންމިއެވެ. ސީރިޔާގެ ރެފިއުޖީ ކޭމްޕް ތަކުގައި އުޅެމުންދާ ދިވެހިންނަށް ރާއްޖެ އާދެވޭނެގޮތް ވެފައި ނުވާތީ އެކަން ބަލައިދިނުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އދ.ފެންފުށި/ރޯޒީވިލާ، އަބޫބަކުރު ފައިސަލް ދަންޖެހިގެން މަރުވެފައިވާ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. 01 ފެބްރުވަރީ 2023 ގައި ގެއްލިފައިވާ، އއ.މަތިވެރި/ރިވެލި ޙަސަން ޢަލީ އާއި 04 ފެބްރުވަރީ 2023 ގައި ގެއްލިފައިވާ ސ.މަރަދޫ/ގަސްކަރަ މުޙައްމަދު އާސިރު އިސްމާޢީލް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްދާގޮތް ކޮމިޓީގެ އިސްނެގުމަށް ބެލުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA