ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

22 ފެބްރުއަރީ 2023 11:00

ނަންބަރު

2

2023 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަމަށް ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުއްވާފައިވާ މައްސަލަ ކޮމިޓީއަށް ބަލައިގަނެ ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ 2022 ވަނަ އަހަރުގެ އަހަރު ރިޕޯޓާ ގުޅޭގޮތުން ކީ ޕަރފޯމަންސް އިންޑިކޭޓަރތަކެއް ތައްޔާރުކުރުމަށް އޮޑިޓް އޮފީހުގައި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. މެއި 6 ގެ އިންކުއަރީ ރިޕޯޓުގެ ރެކަމެންޑޭޝަންތަކަށް ޢަމަލު ކުރަމުންދާގޮތާ ގުޅޭގޮތުން އެންމެ ފަހުގެ އަޕްޑޭޓް ހޯދުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA