ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

2023 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

27 ފެބްރުއަރީ 2023 11:00 ނަންބަރު 3

ޚުލާސާ

ސީރިއާގައި ގޮތް ހުސްވެ ރެފިއުޖީންގެ ގޮތުގައި އުޅެންޖެހިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ އަމިއްލަ ވަޒަނަށް ރުޖޫޢަ ވެވޭނެގޮތް ހަމަޖައްސައިދިނުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އދ.ފެންފުށީ / ރޯޒީވިލާ، އަބޫބަކުރު ފައިޞަލް ފުލުހުންގެ ބެލުމުގެދަށުގައި ވަނިޮށް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގައި ފުލުހުންގެ އިހުމާލުވޭތޯ ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންއިން މި މައްސަލަ ތަޙްޤީޤްކޮށް ނިންމުމުން އެ މައްސަލައިގެ ތަޙްޤީޤް ރިޕޯޓު ހިއްސާކޮށްދިނުމަށްއެދި އެ ދެ އިދާރާއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. 01 ފެބުރުވަރީ 2023 ގައި ގެއްލިފައިވާ، އއ.މަތިވެރި/ރިވެލި ޙަސަން ޢަލީ އާއި 04 ފެބުރުވަރީ 2023 ގައި ގެއްލިފައިވާ ސ.މަރަދޫ/ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާގޮތް ބެލުމަށް ހުށަހަޅުއްވާފައިވާ މައްސަލަކޮމިޓީގެ މުޤައްރިރުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާތީ، ދެ މައްސަލަ އެއްކޮށްލުމަށްފަހު ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ފުލުހުންނާ ބައްދަލުކުރުމަށްވެސް ކޮމިޓީން މަޝްވަރާކުރެއްވިއެވެ. ނަމަވެސް ވޯޓަށް އެހޭވަރަށް ކޯރަމް ހަމަ ނުވާތީ، މި މައްސަލައަށް ދެން އޮންނަ ބައްދަލުވުމެއްގައި ގޮތެއް ނިންމުމަށް ބޭއްވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

15 ފެބްރުއަރީ 2023

ގެއްލިފައިވާ ދެ ފަރާތެއް ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތާގުޅޭ މައްސަލަ

ކުރިޔަށް ދަނީ

14 ޑިސެމްބަރު 2022

އދ.ފެންފުށި/ރޯޒީވިލާ، އަބޫބަކުރު ފައިސަލް ދަންޖެހިގެން މަރުވެފައިވާ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

24 ނޮވެމްބަރު 2022

ސީރިޔާގެ ރެފިއުޖީ ކޭމްޕް ތަކުގައި އުޅެމުންދާ ދިވެހިންނަށް ރާއްޖެ އާދެވޭނެގޮތް ވެފައި ނުވާތީ އެކަން ބަލައިދިނުމަށް ހުށަހަޅުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA