މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

28 ފެބްރުއަރީ 2023 12:15 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ އޮފީސްތަކާ އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފާރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ޙައްލެއް ހޯދުމަށް ގޮވާލާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށައަޅާ ޤަރާރުއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު މިކަމާގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ހެލްތް އިންޝުއަރެންސްގެ ޚިދުމަތް 31 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވެފައިވާއިރު، އިންޝުއަރެންސް އާ ކުރުމަށް އެފަރާތަށް ކަނޑައެޅިފައިވާ ޕްރިމިއަމްއަށްވުރެ ބޮޑު އަގުތަކެއް އެލައިޑް އިންޝުއަރެންސްއިން ހުށަހަޅުއްވާފައިވާކަމަށާއި، މިކަމާމެދު ޢަމަލުކުރައްވާނެ ގޮތުގެ ލަފަޔަކަށް އެދި އެ ކޮމިޝަނުން އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންގެ ހެލްތް އިންޝުއަރެންސް އާ ކުރުމަށް މިމައްސަލަ ދިމާވެފައިވާކަމަށް އެކޮމިޝަނުން ފޮނުވާފައިވާ މައްސަލަ މަޝްވަރާކުރެއްވުމަށްފަހު، ހުށަހެޅިފައިވާ ތިން މައްސަލަ އެއް މައްސަލައެއްގޮތުގައި ދިރާސާކުރެއްވުމަށް، މި ކޮމިޝަންތަކުގެ މެންބަރުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ދެވޭނެ އަގުތައް ދިވެހިރާއްޖޭގެ އިންޝިއަރެންސް ކުންފުނިތަކުން ސާފުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 ފެބްރުއަރީ 2023

އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތައް ދައުލަތުން ކުއްޔަށް ހިނގުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަންޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ޤަރާރު

ކުރިޔަށް ދަނީ

12 ފެބްރުއަރީ 2023

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ހެލްތް އިންޝުއަރެންސްއާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

28 ޑިސެމްބަރު 2022

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ހެކްތް އިންޝުއަރެންސްއާ ގުޅޭގޮތުން އެކޮމިަނުން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

19 ޑިސެމްބަރު 2022

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންގެ ހެލްތް އިންޝުއަރެންސްގެ ޢަދަދު މުތާލިޢާކޮށް ދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA