ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

1 މާރިޗު 2023 11:15

ނަންބަރު

5

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ޢާންމު އިންތިޚާބުތަކުގައި ބޯޓުލުމުގެ ކަންކަންކުރިއަށްދާއިރު، ފެނުމުގެ ނުކުޅަދުންތެރިކަން ހުރި މީހުންނަށް ވޯޓު ދިނުމަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، އެ ސޮސައިޓީގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. މި ބައްދަލުވުމުގައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ހުށަހެޅިފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ވެސް އެފަރާތުން ހުށަހަޅުއްވާފައިވާތީ، މި މައްސަލަ ބެއްލެވުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއެކު ޖޮއިންޓް ކޮމިޓީއެއް އެކުލަވާލެއްވުމަށް ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA