ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 13 ވަނަ ބައްދަލުވުން

8 ޖުލައި 2019 14:00 ނަންބަރު 13

ޚުލާސާ

ިއަދުގެ ބައްދަލުވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެޗް.ޑީ.ސީ ގެ ޚަރަދުތައް ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާތީ، މިކަމުގެ ސަބަބުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޚަރަދުތައް އިތުރުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ކުންފުނިން ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުންނަށް ވަޒީފާދީފައިވުންކަމަށް އެޗް.ޑީ.ސީ ގެ ބޭފުޅުން ވިދާޅުވިއެވެ. މިގޮތުން އެޗް.އާރު އޮޑިޓެއް ހައްދަވަމުންދާ ކަމަށާއި ކުންފުންޏަށް ގެއްލުންވަމުންދާތީ، އެކަންކަން ޙައްލުކުރުމަށް ކުންފުނީގެ ހުރި މައްސަލަތައް ބެއްލެވުމަށް ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޖޫން 2019

ދައުލަތުގެ ކުންފުނިތަކާއި، ވިޔަފާރި އިދާރާތަކުގެ ޙާލަތު ދެނެގަތުމާއި، މާލީ ހިސާބުތައް ދިރާސާކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA