ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

28 ފެބްރުއަރީ 2023 11:00

ނަންބަރު

7

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާ ގުޅޭގޮތުން ކަނޑުވައި އެކްސްޕޯޓްސް އަދި ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުންނާ މަޢުލޫމާތު ސާފުކުރައްވައި ބައްދަލުކުރެއްވުމުގައި ލިބުނު މަޢުލޫމާތުގެ އަލީގައި ކަނޑުވައި އެކްސްޕޯޓްސް މައްސަލަ ޙައްލުކުރެއްވުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާތީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެކު މަޝްވަރައިކުރައްވައްގެން މައްސަލަ ޙައްލުކުރެއްވުމަށް ނިންމެވިއެވެ. އަދި ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީގެ މައްސަލަ ޙައްލުވެފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާތީ، ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއަށް އެކަން ލިޔުމުން އެންގުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ކޮމިޓީގެ ރެކޮމެންޑޭޝަންތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ލިޔުމުން އެންގެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA