ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

6 މާރިޗު 2023 11:00 ނަންބަރު 9

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރެއްވުމުގެ ގޮތުން އެ ބޯޑުގެ ބޭފުޅުންނާ މާދަމާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި، ޢާންމު ކޮމިޓީއިން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތުކުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި 6 ނޮވެންބަރު 2019 ގައި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ ގޮތުން ނެޝަނަލް ޕޭ ކޮމިޝަން އަދި މިނިސްޓްރީ އޮފް ހައުސިންގ، ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 މާރިޗު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ 2022 ވަނަ އަހަރުގެ ރިޕޯޓް ދިރާސާކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

1 ފެބްރުއަރީ 2023

ޢާންމު ކޮމިޓީން ފޮނުއްވާފައިވާ މައްސަލަތައް

ކުރިޔަށް ދަނީ

6 ނޮވެމްބަރު 2019

ޕަބްލިކް ވަރކްސް އައްޑޫސިޓީ 2 ޔުނިޓްގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA