ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

8 މާރިޗު 2023 11:10

ނަންބަރު

4

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދު އޮޑިޓް ޤާނޫނު ނަންބަރު 4/2007 ގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހުށަހަޅުއްވާފައިވާ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އެ އޮފީހުގެ 2022 ވަނަ އަހަރުގެ ދެވަނަ އަދި ތިންވަނަ ކުއަރޓާގެ ރިޕޯޓްތަކާ ގުޅޭގޮތުން އެ އޮފީހުގެ ތިރީގައިވާ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. 1. އަލްފާޟިލް ހުސައިން ނިޔާޒީ (އޮޑިޓަރ ޖެނެރަލް) 2. އަލްފާޟިލާ ޝިރުމީނާ ހުސައިން (އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް) 3. އަލްފާޟިލް އިބްރާހީމް ފަޒީލް (އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް) 4. އަލްފާޟިލް އިބްރާހީމް އައިމަން (އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް) 5. އަލްފާޟިލާ ނިޝްވާ ފިރާޤް (ޑިރެކްޓަރ، ކޯޕަރޭޓް ސަރވިސަސް) 6. އަލްފާޟިލް އަޙްމަދު ޞާލިޙު (ޑިރެކްޓަރ، ޓެކްނިކަލް ސަރވިސަސް އެންޑް ރިސަރޗް) 7. އަލްފާޟިލް އިބްރާހީމް ނަސީރު ޢުމަރު (މެނެޖަރ، ޓެކްނިކަލް ސަރވިސަސް އެންޑް ރިސަރޗް) އެގޮތުން، މި ރިޕޯޓްތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގައި ދިރާސާ ނުކުރެވި ހުރި ދައުލަތުގެ އިދާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އެހެނިހެން އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ ރިޕޯޓްތަކުގެ ތެރެއިން ޕަރފޯމަންސް އޮޑިޓް ރިޕޯޓްތަކާއި ޚާއްސަ އޮޑިޓްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ އަލުން ބައްދަލު ކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA