ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

14 މާރިޗު 2023 10:00

ނަންބަރު

3

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާޙު ކުރުމުގެ މަސައްކަތެވެ. ކޮމިޓީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައާއި، އެއް ގަޑިއެއްގައި އިތުރު ކޮމިޓީތައް ކުރިއަށްދާއިރު، ކޮމިޓީގެ ކަންކަން ނިންމުމަށް ކުރިން ކަނޑައަޅުއްވާފައިވާ ޤާނޫނީ ޢަދަދަށް މެންބަރުން ހާޒިރުވެތިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ، އެ ޢަދަދު އަލުން މުރާޖަޢާކުރުމަށް ނިންމެވިއެވެ. އެގޮތުން، ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އިޞްލާޙުކުރުމަށް ނިންމަވައި، މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުންތަކާއި ކޮމިޓީގައި ކަންކަން ނިންމުމުގައި ކޮމިޓީގެ ޤާނޫނީ ޢަދަދު 7 (ހަތެއް) އިން 5 (ފަހެއް) އަށް ބަދަލުކުރުމަށް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު، ކުންފުނީގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާނެގޮތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީގެ ހިންގާ ގަވާއިދަށް ގެނެވުނު އިޞްލާޙާއެކު ބިލުގެ މަސައްކަތް މުޅި ކޮމިޓީން ކުރިއަށް ގެންދިއުމަށް ނިންމަވައި، މި ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
14 މާރިޗު 2023 - ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާޙުކުރުން
6 އޭޕްރީލު 2022 - ކުންފުނީގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA