ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

20 މާރިޗު 2023 11:00 ނަންބަރު 12

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ވެރިފަރާތްތަކަށް ނޭނގި އެ އެކައުންޓުތަކުން ފައިސާ ކެނޑެމުންދާ މައްސަލައާއި، އެކައުންޓު ބްރީޗްވިކަން ނޭނގި އެހެން އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރވާ މައްސަލައާއި، ބޭންކުން އެކައުންޓުތައް ފްރީޒްކުރަމުންދާ މައްސަލައާއި، އެކިއެކި ސްކޭމްތަކުގެ ސަބަބުން އެކައުންޓުތަކުގެ ވެރިފަރާތްތަކަށް މާލީގޮތުން ބޮޑެތި ގެއްލުންވަމުންދާ މައްސަލައާއި، އެ ކަންކަން ޙައްލުކުރުމަށް މިހާތަނަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅުއްވާފައިނުވުމާއި، ބޭންކް އޮފް މޯލްޑިވްސްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް ވާހަކަދެކެވި، އެ ބޭންކާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލެމުންދާތީ، އެ ބޭންކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ޙަޤީޤަތް ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލަތަކާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޮރިޓީ، ކޮމިއުނިކޭޝަން އޮތޮރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީތަކާމެދު މަޝްވަރާކުރެވުނެވެ. މި މަޝްވަރާކުރުންތަކަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއާ ބައްދަލުކޮށް މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

21 ފެބްރުއަރީ 2023

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންއަށް ދިމާވާ ފައިސާގެއްލުމުގެ މައްސަލައާއި ސްކޭމްތަކުގެ މައްސަލައާ ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީން ފޮނުއްވާފައިވާ މައްސަލަ

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA