ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

21 މާރިޗު 2023 10:00

ނަންބަރު

6

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ސަރުކާރުން ޤާއިމުކުރާނެކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނަމުންދާ މަސްގަނެ، ރައްކާކުރާނެ މަރުކަޒުތަކުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯއާއި އެ މަސައްކަތްފަށައި، އުތުރުގެ މަސްވެރިން ކުރަމުންދާ އިންތިޒާރަށް ނިމުމެއް އަންނާނީ ކޮންއިރަކުންތޯ ސާފުކޮށްދެއްވުންއެދި 08 މާރިޗު 2023 ގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، މައްސަލައާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުން ލިޔުމުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، އެހެނިހެން ކަންކަމުގެ ތެރެއިން ކޮމިޓީއަށް 3 މައްސަލައެއް ހުށަހެޅި، އެ މައްސަލަތަކާމެދު މަޢުލޫމާތު ލިޔުމުން މަޢުލޫމާތު ސާފުކުރެއްވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު ތާއިދުކުރެވިއެވެ. އެގޮތުން، ފުރަތަމަ މައްސަލައެއްގެ ގޮތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވަނީ ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލު ގެނައުމުގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް އަގުބޮޑުވެފައިވާތީ، ޚާއްޞަކޮށް ކާޑެއްދޫއަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުވުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ބަލައިދިނުމަށެވެ. އަދި ޢާންމުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް (ހަނޑޫ، ހަކުރު، ފުށް އަދި ގޭސް) ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުން މުހިންމުކަމަށް ފެންނާތީ، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެސް.ޓީ.އޯއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ކުންފުނީގެ ވިސްނުން ހުރިގޮތް ސާފުކުރެއްވުމަށް އަދި ސަރުކާރު ކުންފުނިތަކާއި ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނާއި، ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ ކުނި އުކައިދޭ ފީ ބޮޑުކޮށްފައިވާ މައްސަލަ ބަލައިދިނުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހެޅުއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA