ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

21 މާރިޗު 2023 11:00 ނަންބަރު 13

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 25 ނޮވެންބަރު 2023 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދެވި ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭގޮތުން ކޮމިޓީން ނިންމަވާފައިވާ ރިޕޯޓު ނަންބަރު M19/SOE/2021/07 (ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށް ގެންދަވާ ބޯހިޔާވެހިކަމުގެ މަޝްރޫޢާގުޅޭ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު) ގައިވާ ނިންމުންތަކަށް ކުންފުނިތަކުން ޢަމަލުކޮށްފައިވާ މިންވަރާ މެދު މަޝްވަރާކުރުމަށްފަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި ،21 ޖޫން 2022 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދެވި ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ނިންމަވާފައިވާ ރިޕޯޓު ނަންބަރު M19/SOE/2022/02 (ސިފައިންގެ ކޯޕަރޭޓިވް އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި އަޅަމުންގެންދާ ފްލެޓްތަކުގެ މަޝްރޫޢާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު) ގައިވާ ނިންމުންތަކަށް ކުންފުނިތަކުން ޢަމަލުކޮށްފައިވާ މިންވަރާ މެދު މަޝްވަރާކުރުމަށްފަހު ސިފައިންގެ ކޯޕަރޭޓިވް އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަށް އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 އޭޕްރީލު 2021

ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ފްލެޓް އަޅަމުންދާ ކުންފުނިތަކުން އެ މަޝްރޫޢުތަކާގުޅޭ މަޢުލޫމާތު ހޯދައި އެ މަޢުލޫމާތު ދިރާސާކުރުން.

ރިޕޯޓް ހުށައެޅިފައި

21 ޖުލައި 2020

-ސިފައިންގެ ކޯޕެރޭޓިވް އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިވެގެން ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓް ލަސްވަމުންދާ މައްސަލަ

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA