ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

21 މާރިޗު 2023 11:05

ނަންބަރު

9

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން 1) 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިސްލާޚު ގެނައުމުގެ ބިލު (ސްޕޮންސަރ: ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް) މި ބިލު ނިންމާނެ ސުންގަޑިއަކީ 5 އެޕްރީލް 2023 ކަމުގައި ކޮމިޓީން ނިންމެވިއެވެ. 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިސްލާޚު ގެނައުމުގެ ބިލު (ސްޕޮންސަރ: ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު) މި ބިލު ނިންމާނެ ސުންގަޑިއަކީ 5 އެޕްރީލް 2023 ކަމުގައި ކޮމިޓީން ނިންމެވިއެވެ. އަދި މި ދެބިލާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ކަމާގުލޭ ބޭފުޅުން އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރުމަށް ނިންމެވިއެވެ. 2) 2020 ވަނަ އަހަރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތައްޔާރުކޮށް، އެއާ އެއްގޮތަށް އަހަރު ރިޕޯޓު ތައްޔާރުކުރުމުގައި ޢަމަލުކުރަންޖެހޭ ކީ ޕަރފޯމެންސް އިންޑިކޭޓަރ (ކޭ. ޕީ. އައި) އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން އޭ ސީ ސީ އިން ކޭޕީއައި އަށް ހުށަހަޅާފައިވާ އިސްލާޚުތަކާއެކު އެ ކޭޕީ އައި އަށް އަމަލު ކުރުމަށް ކޮމިޓީން ފާސްކުރި. 3) މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމުގައި މުހައްމަދު ސިމާއު އެ ކައުންސިލްގެ މެންބަރު ޢަލީ ނިޝާންއަށް ބޭއަދަބީ ބަހުން ފުރައްސާރަކޮށްފައިވާކަމަށް ބުނެ ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެވުނެ. 4) އއ. ތޮއްޑޫ/ އިރަމާގެ މޫސާ އާދަމް އޭނާގެ ޕެންޝަނާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް މަޢުލޫމާތު ހޯދުމަށް ފޮނުވި ސިޓީގެ ޖަވާބު ލިބިފައިވުމާއެކު އެ ސިޓީގައިވާ މަޢުލޫމާތު މޫސާ އާދަމް އަށް ފޮނުވާ ސިޓީއާ އެޓޭޗްކޮށް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. 5) ގދ. ހޯޑެއްދޫ / އެލްޓަން ، މުހައްމަދު ޒާހިރު ހުށަހަޅުއްވާފައިވާ މައްސަލަ، މި ކޮމިޓީ އިން ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވާފައިވާތީ، އެ މައްސަލަ ނިންމާފައިވާގޮތް މި ކޮމިޓީއާ ޙިއްސާކުރުމަށް ފޮނުވި ސިޓީ ފައިލް ކުރުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
21 މާރިޗު 2023 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA