ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

22 މާރިޗު 2023 11:10

ނަންބަރު

10

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މި ކޮމިޓީގެ ރިޕޯޓް ނަންބަރު: 01/2023/MM/19MM މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން އިންޓަވިއުކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ފޮނުވުމުން އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާފައިވާތީ ރިޕޯޓާ މެދު ކޮމިޓީން ނިންމެވީ އެ ރިޕޯޓުގައި ގަވާއިދާ ފުށުއަރާ އެއްވެސް މައްސަލައެއް ނެތްކަމަށާއި ރިޕޯޓަކީ ސައްޚަ ރިޕޯޓެއްކަމަށް ބަޔާންކޮށް ސިޓީއަކާއެކު މަޖިލީހުގެ ރައީސަށް ފޮނުވާލުމަށެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ އިންޓަވިއު ފަސްކޮށްފައިވާތީ އެ ފަރާތްތަކާ އިންޓަވިއުކުރާނެ ތާރީޚަކީ 29 މާރިޗު 2023 ވާ ބުދަ ދުވަސްކަމުގައި ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ އަހަރު ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަހެޅުމަށް ކޮމިޝަންތަކަށް ދަންނަވާނެ ތާރީޚު ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2023 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA