ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

21 މާރިޗު 2023 11:00

ނަންބަރު

7

2023 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

އިދިކޮޅުފަރާތްތަކުން 20 މާރިޗު 2023 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އޮފީހުގެ ދޮރުމަތީގައި ބޭއްވި މުޒާހާރާގެ ބައިވެރިން، އެ އޮފީސް ހުންނަ ބޮޑުތަކުރުފާނު މަގުން ދަތުރުކުރި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވާފައިވާ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީއާމެދު ކަންބޮޑުވާ މައްސަލައަކަށްވެފައި، އެކަން އެގޮތަށް މެދުވެރިވާން ޖެހުނު ސަބަބުތައް ދެނެގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑު ހުއްޓުވާފައިވާފައިވާ ފަރާތްތަކުން ޢަމަލުކޮށްފައިވާގޮތަށް ދައުލަތުގެ ކަމާބެހޭ މުއްސަސަތަކުން ތަޙްޤީޤުކުރަމުންދާ ގޮތް ކޮމިޓީގެ ފަރާތުން ބަލަމުން ގެންދިއުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބްރީޗްވެފައިވޭތޯ ނުވަތަ ނޫންތޯ ދެނެގަނެ އެކަމުގައި އެޅެންހުރި ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ މުއްސަސާތަކަށް ހުށަހެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކެތީ ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރައްވާފައިވާ މައްސަލައާ ގުޅިގެން ކޮމިޓީގެ ފަރާތުން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީ ލިއުމަށް ނިންމީއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA