ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

29 މާރިޗު 2023 12:00

ނަންބަރު

4

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2023 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ގެ ދަށުން ހިންގަމުންދާ ތަނެއްކަމުގައި ހަމަޖައްސަވާފައިވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލު މަޖިލީހުން ފާސްކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްކުރެއްވިއެވެ. ދެން ކުރިއަށް ގެންދެވީ، "(ޤާނޫނު ނަންބަރު 2022/22 (ކެމިކަލް ހަތިޔާރު މަނާކުރުމުގެ ޤާނޫނު)" ތަންފީޒުކުރުން 18 މާރިޗު 2023 އިން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކަށް ގެންނަވާފައިވާ ބަދަލު މަޖިލީހުން ފާސްކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް ފާސްކުރުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އަޢްލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA