ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

17 އޭޕްރީލު 2023 12:10

ނަންބަރު

3

ގަވާއިދު ކޮމިޓީގެ 2023 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް ޢަމަލުކުރެއްވުމުގެ މުއްދަތު މި އަހަރުގެ މޭ މަހުގެ ނިޔަލަށް ހަމަވާތީ، އެ މުއްދަތު 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކުރުމަށް މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ހުށަހަޅުއްވާ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް އެވަގުތު ވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސް ވިއެވެ. (ވޯޓުދެއްވި މެންބަރުން: ފޭދޫ ދާއިރާގެ މެންބަރު އަޙްމަދު ނިހާދު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް އަދި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA