ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 އޭޕްރީލު 2023 11:00

ނަންބަރު

7

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ޤާއިމްކުރައްވާނެކަމަށް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ، މަސްގަނެ، ރައްކާކުރާނެ މަރުކަޒުތަކުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯއާއި، އެ މަސައްކަތް ފައްޓަވައި، އުތުރުގެ މަސްވެރިން ކުރަމުންދާ އިންތިޒާރަށް ނިމުމެއް އަންނާނީ ކޮންއިރަކުންތޯ ސާފުކޮށްދެއްވުން އެދި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުން ފޮނުއްވާފައިވާ މަޢުލޫމާތުތަކާ މެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން ހއ. އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް ޤާއިމުކުރެއްވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއާ ހަވާލުކުރެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރައްވަމުންގެންދަވާކަމަށް އެ މައްސަލައާ ގުޅޭގޮތުން އެ ކޮމިޓީއަށް ކަމާގުޅޭ އިދާރާތަކުން ފޮނުއްވާފައިވާ މަޢުލޫމާތުތަކުގައި ފާހަގަކުރައްވާފައިވާތީ، މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއިން އިތުރަށް މަޢުލޫމާތު ހޯދުމަށް ނިންމެވިއެވެ. އެއަށްފަހު، ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލު ގެނައުމުގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް އަގުބޮޑުވެފައިވާތީ، ޚާއްޞަކޮށް ކާޑެއްދޫއަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުވުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ބަލައިދިނުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުން ފޮނުއްވާފައިވާ މަޢުލޫމާތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީންވެސް މިކަމާ ގުޅުންހުރި މައްސަލައެއް ބައްލަވަމުން ގެންދަވާކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގައި އެ ކޮމިޓީން ނިންމަވާ ގޮތެއް ހޯއްދެވުމަށްފަހު މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އަދި، ސަރުކާރު ކުންފުނިތަކާއި ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނާއި، ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ ކުނި އުކައިދޭ ފީ ބޮޑުކޮށްފައިވާ މައްސަލަ ބަލައިދިނުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ފޮނުއްވާފައިވާ މަޢުލޫމާތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީންވެސް މިކަމާ ގުޅުންހުރި މައްސަލައެއް ބައްލަވަމުން ގެންދަވާކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގައި އެ ކޮމިޓީން ނިންމަވާ ގޮތެއް ހޯއްދެވުމަށްފަހު މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލުގެ ސުންގަޑި 30 މާރިޗު 2023 އަށް ހަމަވެފައިވާތީ، އެ ބިލުގެ ސުންގަޑި 30 ސެޕްޓެންބަރު 2023 ގެ ނިޔަލަށް އަލުން އިތުރުކުރުމަށާއި، ކުންފުނީގެ ބިލުގެ ސުންގަޑި 30 މާރިޗު 2023 އަށް ހަމަވެފައިވާތީ، އެ ބިލުގެ ސުންގަޑި 30 ޖޫން 2023 ގެ ނިޔަލަށް އަލުން އިތުރުކުރުމަށް ނިންމަވައި، މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA