ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

18 އޭޕްރީލު 2023 12:05

ނަންބަރު

4

ގަވާއިދު ކޮމިޓީގެ 2023 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 28 ނޮވެންބަރު 2022 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމީޓީން ބޭއްވެވި މި ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި ފާސްކުރައްވާފައިވާ "ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު" ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެޒެޓްކުރެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފޮނުއްވާފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ކުރެއްވުމުގައި ގެންގުޅުއްވާ އޮނިގަނޑާ އެއްގޮތް ކުރެއްވުމަށްފަހު އަލުން އެ ގަވާއިދު ފޮނުއްވައިދެއްވުމަށް އެ އޮފީހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެންގެވުމުން، އެ ގަވާއިދު އިޞްލާޙުކުރައްވައި އަލުން ފޮނުއްވައިދެއްވުމަށް އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި އެދިވަޑައިގެންފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ކުރެއްވުމުގައި ގެންގުޅުއްވާ އޮނިގަނޑާ އެއްގޮތަށް އެ ގަވާއިދު އިޞްލާޙުކޮށް އަލުން ފޮނުއްވުމަށް ކޮމިޓީން ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA