ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

12 އޭޕްރީލު 2023 12:00

ނަންބަރު

5

2023 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން 2021 ވަނަ އަހަރު ބައިވެރިވެފައިވާ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އަދި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968" ގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޛުކުރެވިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދެވިއެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ކަމާގުޅޭ ބޭފުޅުން ކޮމިޓީއަށް ހާޟިރުކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާ އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ޕޮލިސްގެ އިސްވެރިންނާއި ކަމާގުޅޭ ފަރާތްތައް ކޮމިޓީއަށް ހާޟިރުކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާ، މި ދެހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޟް ނުކުރެއްވުމުން، މިބައްދަލުވުން 17 އެޕްރީލް 2023 ވަނަ ދުވަހު ބޭއްވުމަށް ކޮމިޓީއަށް ހާޟިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ނިންމަވާފައިވެއެވެ. މީގެއިތުރުން، އިނގެރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން (ލަންޑަން)، ދިއްލީ ހައިކޮމިޝަން އަދި ކޮންސިއުލޭޓް ޓްރިވެންޑްރަމްގެ 2022 ވަނަ އަހަރުގެ އަހަރު ރިޕޯޓުތައް، ކޮމިޓީގެ އިދާރީ މުވައްޒަފުން ދިރާސާކުރުމަށްފަހު، ފާހަގަކުރެވޭ ކަންތައްތައް ސަބް ކޮމިޓީއަށް ހުށަހެޅުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހެޅުއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA