ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

17 އޭޕްރީލު 2023 11:00

ނަންބަރު

6

2023 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން 2021 ވަނަ އަހަރު ބައިވެރިވެފައިވާ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އަދި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968" ގައި ބަޔާންކޮށްފައިވާ ކަންތައްތަކާމެދު މަޝްވަރާކުރެވުނެވެ. އެގޮތުން، ކޮމިޓީން އެންމެ ފަހުން ބޭއްވުނު ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މި މުއާޙަދާތަކާ ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ސާފުކުރުމަށް އެފަރާތްތަކާ ބައްދަލުކުރުމަށް ތާވަލުކުރެވިފައިވީނަމަވެސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އެދުމުގެ މަތިން އެ ބައްދަލުވުން ފަސްކުރެވިފައިވާތީ އެބައްދަލުވުން 23 މެއި 2023 ގައި ބޭއްވުމަށް ކޮމިޓީއަށް ހާޟިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ނިންމަވާފައިވެއެވެ. އަދި، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކުރައްވާ ކޮމިޓީން ނިންމަވާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފަރާތުން ހޯދުމަށް އެދިލައްވާފައިވާ މަޢުލޫމާތުތަކުގެ ތަފްސީލާއި އަދި އެ މިނިސްޓްރީން މިއަދާ ހަމައަށް އެމަޢުލޫމާތުތައް ފޯރުކޮށްދީފައިނުވާ ސަބަބު އޮޅުން ފިލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒަށް ސިޓީއެއް ފޮނުއްވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA