މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

19 އޭޕްރީލު 2023 11:50 ނަންބަރު 9

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެޖެންޑާގެ 1 އަދި 2 ގައިވާ "ކުށް ކުރުމަށް ބޭނުންކުރާ އަދި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ރުޖޫޢަކުރުމުގެ (އެސެޓް ރިކަވަރީ) ނިޒާމު ހަރުދަނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް" އަދި "ރާއްޖޭގެ ސިއްޙީ ދައިރާގައި ކޮރަޕްޝަން މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަތުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކޮށްފައިވާ ދިރާސާގެ ހުދުކަރުދާސް އަދި އެޑްވޮކަސީ ޕޭޕަރު" ފަހުގެ ތާރީޚެއްގައި ކޮމިޓީގައި އެޖެންޑާ ކުރުމަށް ނިންމެވިއެވެ. މީގެ އިތުރުން، ކޮމިޓީއަށް ލިބިފައިވާ މައްސަލަތަކުގެ ތެރެއިން އިދާރީ ގޮތުން ޖަވާބު އެރުވޭނެ ސިޓީތަކާއި އަދި ކޮމިޓީން އިތުރު މަޢުލޫމާތު ހޯދަންޖެހޭ ސިޓީތައް އެ އިދާރާތަކަށް ފޮނުވުމަށް ނިންމެވިއެވެ. 1. ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަދި މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލައިގައި، ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެމީހުންނަށް ދެވިދާނެ ޢިނާޔަތްތަކާއި ވަޒީފާއިން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ޢިނާޔަތްތައް ދެވޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމަކީ ނޭޝަނަލް ޕޭ ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަމެއް ކަމަށް އެ ކައުންސިލްތަކަށް ދެންނެވުމަށް ނިންމެވިއެވެ. 2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 40 ވަނަ މާއްދާގައިވާ އެންމެހައި ކަންތައްތައް ފުރިހަމަވާ 5 ރަށުގެ ތެރޭގައި ގދ. ތިނަދޫ ހިމެނޭތީ، އެ ރަށުގެ ކައުންސިލު މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް، ސިޓީ ކައުންސިލަށްވެސް ދެމުންދާ މިންވަރަށް އެފަރާތްތަކަށް ޢިނާޔަތްތައް ދިނުމަށް އެދި ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައިގައި، ކައުންސިލްގެ މެންބަރުންގެ މުސާރައަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމަށް ނުފެންނަކަމަށް އެ ކައުންސިލް އިދާރާއަށް ދެންނެވުމަށް ނިންމެވިއެވެ. 3. މާލޭގެ ހުޅަނގު އުތުރު ފަރާތުގެ ބަނދަރު ސަރަހައްދުގައި "ވ.އަތޮޅު ފިހާރަ" ގެ ނަމުގައި ހިންގަމުންދާ އިމާރާތުގެ ކުލީގެ ގޮތުގައި ވޭތުވެދިޔަ 4 އަހަރު މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބިފައިވާ 9,333,554.84 (ނުވަ މިލިއަން ތިންސަތޭކަ ތިރީސް ތިންހާސް ފަސް ސަތޭކަ ފަންސާސް ހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) ގެ ތެރެއިން އެއްވެސް ފައިސާއެއް ފެލިދެއަތޮޅު އަތޮޅު ކައުންސިލަށް ލިބިފައިނުވާކަމަށް ބަޔާންކޮށް އެ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައިގައި ކަންހިނގާފައިވާގޮތް މިނިސްޓްރީ އޮފް ފިނޭންސްއިން ސާފުކުރުމަށް ނިންމެވިއެވެ. 4. މިނިސްޓްރީ އޮފް ފިނޭންސްއިން 2023 ވަނަ އަހަރަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ ކޮމިޝަނުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭ ވަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ބަޔާންކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލައިގައި، 2023 ވަނަ އަހަރަށް ލަފާކުރި ބަޖެޓް ދިރާސާކުރާ ކޮމިޓީން މުއައްސަސާތަކުގެ ބަޖެޓަށް އުނި އިތުރު ގެނެވިފައިވަނީ އެ މުއައްސަސާތަކުން ކޮމިޓީއަށް ހުށަހެޅުއްވި މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް ކަމަށާއި، އެ ކޮމިޓީގެ މަސައްކަތް މިހާރު ނިމިފައިވާތީ، ބަޖެޓާ ގުޅޭ ކަންކަން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށް އެ ކޮމިޝަނަށް ދެންނެވުމަށް ނިންމެވިއެވެ. 5. ބޭންކް އޮފް މޯލްޑިވްސްއާ ގުޅޭގޮތުން އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މައްސަލައިގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދެކެވަޑައިގަންނަވާގޮތް ސާފުކުރެއްވުމަށް އެ އޮތޯރިޓީއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި އެއަށްފަހު، ހއ. އަތޮޅުގެ ކައުންސިލް އިދާރާތައް އޮޑިޓް ކުރައްވައި، އޮޑިޓަރ ޖެނެރަލް ފޮނުއްވާފައިވާ އެ އަތޮޅުގެ ކައުންސިލް އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭގޮތުން ކޮމިޓިގައި މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 އޭޕްރީލު 2023

އެސެޓް ރިކަވަރީ ނިޒާމު ހަރުދަނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް

ކުރިޔަށް ދަނީ

13 އޭޕްރީލު 2023

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނެރުއްވާފައިވާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

6 އޭޕްރީލު 2023

ިހާދޫ ކައުންސިލްގެ އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމަށް ގޮވާލާ ފާސްކޮށްފައިވާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

30 މާރިޗު 2023

ގދ. ތިނަދޫ ކައުންސިލު މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށްދެއްވުމަށް އެދި

ކޮމެޓީ މަސައްކަތް ނިމިފައި

14 މާރިޗު 2023

ސަރުކާރުގެ އިދާރާތަކުން މަސައްކަތުގެ ބިޑު ބަލައިގަތުމުގައި ޢަމަލުކުރާގޮތް (ޢަބްދުﷲ ދީދީ / ޕްރޮޑަކްޓިވް ލޯކަލް އިންވެސްޓްމަންޓް)

ކޮމެޓީ މަސައްކަތް ނިމިފައި

13 މާރިޗު 2023

ާއްޖޭގެ ސިއްޙީ ދައިރާގައި ކޮރަޕްޝަން މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަތުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކޮށްފައިވާ ދިރާސާގެ ހުދުކަރުދާސް އަދި އެޑްވޮކަސީ ޕޭޕަރު

ކޮމެޓީ މަސައްކަތް ނިމިފައި

13 މާރިޗު 2023

"ވ.އަތޮޅު ފިހާރަ" ގެ ނަމުގައި ހިންގަމުންދާ އިމާރާތުގެ ކުލީގެ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބިފައިވާ ފައިސާ ފެލިދެއަތޮޅު ކައުންސިލަށް ލިބިފައިނުވާ މައްސަލަ

ކުރިޔަށް ދަނީ

11 ޑިސެމްބަރު 2022

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ ކޮމިޝަނުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރެވޭވަރަށް ވުރެއް ކުޑަ ބަޖެޓެއްކަމަށް ބަޔާންކޮށް ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

24 ނޮވެމްބަރު 2022

ބޭންކް އޮފް މޯލްޑިވްސްއިން ބޭންކްއިން އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސެސްއަށާއި، އެމް.އެމް.އޭގެ ގަވާއިދާއި އުޞޫލުތަކަށް ޢަމަލުކުރަމުންނުދާކަމަށް ބަޔާންކޮށް ނަޝްޢަތު ރަފީޤް ހުށަހަޅުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

24 ފެބްރުއަރީ 2022

އެކައުންޓްގެ ވެރިފަރާތަށް ނޭނގި ބޭންކް އޮފް މޯލްޑިވްސްއިން ޒާތީ މަޢުލޫމާތު ބަދަލުކޮށް އެހެން އެކައުންޓްތަކަށް ފައިސާ ފޮނުވާފައިވާކަމަށް ބަޔާންކޮށް (ޢަލީ މޫސާ)

ކުރިޔަށް ދަނީ

17 ޖޫން 2019

އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA