ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

24 އޭޕްރީލު 2023 11:00

ނަންބަރު

12

2023 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "06 މޭ ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު" ގެ ރެކޮމެންޑޭޝަންތައް ތަންފީޛުކުރަމުންދާގޮތާމެދު މަޝްވަރާކުރެއްވުމަށްފަހު، ރިޕޯޓުގައި ބަޔާންކޮށްފައިވާ ރެކޮމެންޑޭޝަންތައް ތަންފީޛުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާތަކާ ވަކިވަކިން ބައްދަލުކުރެއްވުމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހުށަހަޅުއްވައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާޢީދު ކުރައްވާފައިވާ ހުށަހެޅުން ކޮމިޓީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު، އދ.ފެންފުށި/ރޯޒީވިލާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުނު މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން ތަޙްޤީޤްކުރަމުންދާ މައްސަލައިގެ ރިޕޯޓް ލިބުމުން ކޮމިޓީގެ ރިޕޯޓު އެކުލަވާލުމަށް ނިންމުނެވެ. މީގެ އިތުރުން ކޮމިޓީން ތައްޔާރުކުރައްވަމުންދާ ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަތުމުގެ ދިރާސާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގައި އަބޫޖަހުލަށް ހަދާލިގޮތް ހަދާލާނެކަމަށް ބުނެ މީސް މީޑިއާގައި އިންޒާރުދީފައިވާ މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓްސްތައް ކޮމިޓީގެ މެންބަރުން ސާފުކުރެއްވުމަށް އެދިވަޑައިގެންނެވުމުން ހިއްސާކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA