ޢާންމު ކޮމިޓީ

2023 ވަނަ އަހަރު ޢާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުން.

18 މޭ 2023 11:00 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ އެޓާރނީ ޖެނަރަލް، އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުންނަށް ވާހަކަދެއްކުމަށްދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައަޅައިދިނުމަށް އެދި ފޮނުއްވާފައިވާ މައްސަލައެވެ. މިގޮތުން، މިމައްސަލައާއި ގުޅިގެން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، އެޓާރނީ ޖެނަރަލް، އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުންނަށް ވާހަކަދެއްކުމަށްދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމަށް މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މައްދާގެ (ނ) އަށް ރިޢާޔަތްކޮށް މިފަދަ މައްސަލަތަކުގައި ވާހަކަދެއްކުމަށް ދެވެނީ 2 (ދޭއް) ގަޑިއިރުގެ ފުރުޞަތެއްކަމުން، ކުރިންވެސް މިފަދަ މައްސަލަތަކުގައި ޢަމަލުކުރަމުން އައި އުސޫލުތަކާ އެއްގޮތަށް އެ މަނިކުފާނުގެ ދިފާޢުގައި ވާހަކަ ދެއްކުމަށްޓަކައި ބަހުސް ފެށުމުގެ ގޮތުން 10 މިނިޓުގެ ފުރުޞަތު، ބަހުސްގެ މެދުތެރެއިން 10 މިނެޓުގެ ފުރުޞަތު އަދި ބަހުސް ނިންމުންގެ ގޮތުން 10 މިނެޓުގެ ފުރުޞަތާއެކު، ޖުމްލަ 30 މިނެޓުގެ ފުރުޞަތު ދެއްވުމަށާއި، އަދި ބާކީ އޮތް 1 ގަޑިއިރާއި 30 މިނެޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން މެންބަރުންނަށް ވަގުތު ދެއްވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 މޭ 2023

އެޓާރނީ ޖެނަރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުންނަށް ވާހަކަދެއްކުމަށްދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައަޅައިދިނުމަށް ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA