ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

4 އޮކްޓޯބަރު 2023 14:30

ނަންބަރު

9

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، އަލްފާޟިލާ ނިއުސާ އަޙުމަދު ނަސީރުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، އެއީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރެއްވި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރެއްވި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ބޭނުންވާ ކޮމިޓީގެ ވޯކިން ކޯރަމް އަދި ކަންކަން ނިންމެވުމުގައި ކޮމިޓީގެ ކޯރަމް އާއި މެދު ގޮތެއް ނިންމެވުމަށް ހުޅުވާލި ފުރުޞަތުގައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދުކުރައްވައި ހުށަހަޅާފައިވަނީ ކޮމިޓީގެ ވޯކިންގ އަދި ވޯޓިން ކޯރަމް އަކީ ވެސް 5 މެންބަރުން ކަމުގައި ނިންމެވުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީގެ އެެއްވެސް މެންބަރެއް އިއުތިރާޒު ކޮށްފައިނުވާތީ ކޮމިޓީގެ ވޯކިންގ އަދި ވޯޓިން ކޯރަމްއަކީ 5 މެންބަރުން ކަމުގައި ކަނޑައެޅުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރު، މުޤައްރިރުގެ ނައިބު ހޮއްވެވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA