ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

4 އޮކްޓޯބަރު 2023 16:40

ނަންބަރު

21

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 2 ނަންފުޅަކަށެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ތާއިދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީގެ ނަންފުޅެވެ. އަދި އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ހުށަހަޅުއްވައި، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ތާއިދުކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާގެ ނަންފުޅެވެ. ފުރަތަމަ ހުށަހަޅުއްވާފައިވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީގެ ނަންފުޅަށް ވޯޓަށް އެއްސެވުމުން ފާސްވާވަރަށް ވޯޓު ލިބިވަޑައިގެންފައި ނުވެއެވެ. (2 ވޯޓު) ދެވަނައަށް ހުށަހަޅުއްވާފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާގެ ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން އެ މެންބަރު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. (8 ވޯޓު) އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަށެވެ. އެއީ، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ތާއީދުކުރެއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން އެ މެންބަރު ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. (8 ވޯޓު) އެއަށްފަހު، ކޮމިޓީގައި ހުރި މަސައްކަތްތަކުގެ ތަފްޞީލް މެންބަރުންނަށް ފޮނުއްވުމަށް ކޮމިޓީގެ މުޤައްރިރު އެދިވަޑައިގަތެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA