ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

9 އޮކްޓޯބަރު 2023 10:08

ނަންބަރު

5

2023 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ އަލްއުސްތާޛް ފަރުޙަތު ޙަބީބު އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ދެ ނަމެއް ހުށަހަޅުއްވާފައިވެއެވެ. ފުރަތަމަ ހުށަހެޅުމަކީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ތާއީދުކުރައްވާފައިވަނީ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށެވެ. ދެވަނަ ހުށަހެޅުމަކީ ގައްދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ހުށަހެޅުމެވެ. އެއީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮއްވެވުމަށެވެ. އެހެންނަމަވެސް، މި ހުށަހެޅުމަށް ތާއީދު ލިބިފައެއް ނުވެއެވެ. އެގޮތުން، ކޮމިޓީން ހުށަހެޅި ތާއީދު ލިބިފައިވާ ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެއްސެވިއެވެ. އެގޮތުން ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ މުޤައްރިރު ގޮތުގައި ޢައްޔަނުކުރުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ގެ ނަންފުޅު ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހެޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ނައިބު މުޤައްރިރަކަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ބޭނުންވާ ކޮމިޓީގެ ވޯކިން ކޯރަމް އަދި ކަންކަން ނިންމެވުމުގައި ކޮމިޓީގެ ކޯރަމް އާއި މެދު ގޮތެއް ނިންމެވުމަށް ހުޅުވާލި ފުރުޞަތުގައި، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ހުށަހަޅުއްވައި، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތާއީދުކުރައްވައި ހުށަހަޅާފައިވަނީ ކޮމިޓީގެ ވޯކިންގ އަކީ 4 ކަމުގައި އަދި ވޯޓިން ކޯރަމް އަކީ 5 މެންބަރުން ކަމުގައި ނިންމެވުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީގެ މެންބަރުންގެ އިއުތިރާޒު ކޮށްފައިނުވާތީ މިގޮތަށް ކަނޑައެޅުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA